އިންޑިއާ ސަރުކާރުން އެމްއެންޑީއެފުގެ ސެނަހިޔާ ހޮސްޕިޓަލަށް ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

Ads by Asuru
އިންޑިއާ ސަރުކާގެ ފަރާތުން ހަދިޔާކުރި ތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ގިރިދަރް އަރަމާނޭއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީއެވެ.

އިންޑިއާ ސަރުކާރުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އަލްޓްރާ ސައުންޑް މެޝިނަކާއި އީސީޖީ ހަދާ މެޝިނަކާއި އީއީޖީ ހަދާ މެޝިނެކެވެ.

އިންޑިއާއިން މީގެކުރިން ވެސް ވަނީ އެ ހޮސްޕިޓަލަށް ބައެއް ތަކެތި ހަދިޔާކޮށްފައެވެ.