މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 10:30 އިން 13:00 އަށެވެ

މާލެ ފިޔަވައި އެެހެނިހެން ރަށްރަށުގައި ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލު އިދާރާއިންކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރު ކަމަށެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ.

ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށް ވާ ފައިސާއިންނެވެ.