ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރާ ކަދުރު އިއްޔެ ރާއްޖެއަށް ލިބިއްޖެއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު އިއްޔެ ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއަށް ލިބުނު ކަދުރު ބެހުމުގެ ކަންކަން އަންނަ ހަފްތާގައި އިއުލާނު ކުރާނެ ކަމަށެވެ.

މި އަހަރު ސައުދީ ކަދުރު ރޯދައިގެ ކުރިން ލިބުނު އިރު މިފަހުން ސައުދީން ހަދިޔާކުރާ ކަދުރު ލިބެމުން އައީ ރޯދަމަހުގެ ތެރޭގައެވެ.

މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާއެވެ.