އައްޑޫގައި މިރޭ ބާއްވާ އިހްޔާ ފޯރަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

ނައިބް ރައީސް ފައިސަލް ނަސީމް އައްޑުއަށް ވަޑައިގެން ހިތަދޫ ބަނދަރު ސަރަހައްދުގައި ޤާއިމްކޮށްފައިވާ މިސްކިތް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ މަޝްރޫޢެއް ހަވާލު ކުރުމުގެ ރަސްމީއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިރޭ ބާއްވާ މިއަހަރުގެ އަތޮޅުތެރޭ ބާއްވާ ފުރަތަމަ އިހްޔާ ފޯރަމުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.