ބާރު އޮންނަ ދުވަހު، ތިމާގެ ވަށައިގެން މީހުން އެނބުރުމަކީ ލީޑަރޝިޕް ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމާއި ބާރު ތިމާގެ އަތުގައި އޮންނަ އިރު، އޮއެވާއްޔެއްގެ ދޮށުގައި މަސް އަޅާފައި އޮންނަ ބީދައިން ތިމާގެ ވަށައިގެން މީހުން އެނބުރުމަކީ ތިމާގެ އިސްނެގުމާއި ލީޑަޝިޕް ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށެވެ.

އަލީ ހުސެއިން މިހެން ވިދާޅުވިއިރު، އޭނާ ނިސްބަތްވާ ޖޭޕީން ވަނީ ރައީސް ޞާލިޙާއެކުގައި ކޯލިޝަން ނުހަދައި، ރިޔާސީ އިންތިޚާބަށް ނުކުންނަން ނިންމައިފައެވެ.

ޖޭޕީގެ މި ނިންމުމާ ގުޅިގެން، އެ ޕާޓީގެ މެމްބަރުން މަގާމުތަކުން ވަކި ކުރަން އެމްޑީޕީގެ މެމްބަރުން ދަނީ ގޮވާލަމުންނެވެ.