ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ފްލެޓްތަކުން ކަރަންޓް ކެނޑުނު މައްސަލަ އެތައް އިރެއް ފަހުން ސްޓެލްކޯއިން ހައްލު ކޮށްފިއެވެ.

Ads by Asuru

ސްޓެކްކޯއިން ބުނީ ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައިގެން، ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ޓަވަރަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށެވެ.

މިކަން ހައްލުވީ ހަތަރު ގަޑިއިރު ފަހުންކަން ފާހަގަހަގަކޮށްލެވެއެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

ސްޓެލްކޯއިން ބުނީ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއާގެ ބަސްބާ ޝޯޓުވުމާ ގުޅިގެން ކަމަށެވެ.