ޔޫއޭއީއިން ރާއްޖެއަށް އިފްތާރު ޕެކޭޖްތަކެއް ހަދިޔާކޮށްފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން ބުނީ ޔޫއޭއީ ސަރުކާރުން އިފްތާރު ޕެކޭޖްގެ ޖުމްލަ 100 ޕެކޭޖް ހަދިޔާކޮށްފައިވާ ކަމަށެވެ.

މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ މާލޭގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ. ޕެކޭޖް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތެއް މިނިސްޓްރީން ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން އަންނަނީ ރޯދަ އަށް ސައުދީ އަރަބިއްޔާ އިން ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.