ނޫސްވެރިޔާ އަދި ކުރީގެ ޕްރެޒެންޓަރު އިސްމާއީލް އާޒިމް ގެއްލިގެން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ފެތުރި ޚަބަރު އޭނާ ދޮގުކޮށްފިއެވެ.

Ads by Asuru

އާޒިމް މިރޭ ފޭސްބުކްގައި ލިޔުނު ސްޓޭޓަސްއެއްގައި ވަނީ، ”އައި އެމް ނޮޓް ލޮސްޓް، ޖަސްޓް ހިޑަން ފްރޮމް ދި އައިސް“ މިހެންނެވެ. މާނަ އަކީ ”އަހަރެން ނުގެއްލޭ، ހަމައެކަނި ލޯތަކަށް ފޮރުވުނީ“އެވެ.

އާޒިމް ގެއްލިގެން އުޅޭ ކަމަށް އެންމެ ފުރަތަމަ ރިޕޯޓު ކުރީ ”މިހާރު“ ނޫހުންނެވެ. އެ ނޫހުން ބުނީ، މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން، އާޒިމްގެ އާއިލާއަށް އޭނާގެ ހަބަރެއް ނުވާ ކަމަށާއި، އެ މައްސަލަ އިއްޔެ ފުލުހަށްވެސް ހުށަހެޅި ކަމަށެވެ.

އާޒިމަކީ ޕީއެސްއެމް، ރާއްޖެ ޓީވީ އަދި ދިވެހި ޗެނަލުގައިވެސް މަސައްކަތް ކުރި މީހެކެވެ.