ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް، އެ މަގާމުން މިއަދު ވަކިކުރި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޝިފާޒަށް ހިތްވަރު ދެއްވައިފިއެވެ.

Ads by Asuru

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަގާމުން ވަކިކުރެއްވި ނަމަވެސް ޝިފާޒު ކަންބޮޑު ނުވުމަށާއި ޝިފާޒަށް ވުރެ ބޮޑަށް މި ސަރުކާރު ގެނައުމަށް ގުރުބާންވި ވަކި އެހެން މީހަކު ނުހުންނާނެ ކަމަށެވެ.

”ޝިފާޒްއަށްވުރެ ބޮޑަށް މި ސަރުކާރު ގެނައުމުގައި ގުރުބާންވި ވަކި އެހެން މީހަކު ނުހުންނާނެ،“ ނަޝީދު ވިދާޅުވިއެވެ.

ޝިފާޒަކީ އެމްޑީޕީގެ ނައިބު ރައީީސްއެވެ. އޭނާ އަކީ ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްވެސް މެއެވެ.