ރެސްޓޯރެންޓަކުން ރޯދަ ވީއްލައިގެން، އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު އަނެއްކާވެސް މިވަނީ ހުޅުވިފައެވެ.

ފުޑް ކޯޓުގައި ހުންނަ ޓީ ޖެޓީ ރެސްޓޯރެންޓުން، މި ރަމަޟާންމަހު ވެސް، ރޯދަ ވީއްލައިގެން އުމްރާ ދަތުރެއްގެ އިތުރުން، ކޮންމެ ދުވަހަކު ވެސް ހިލޭ ރޯދަ ވީއްލުމެއް ލިބޭނެ ޕްރޮމޯޝަނެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

އެ ރެސްޓޯރެންޓުން ބުނާގޮތުގައި، މި ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ، އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ. މި ޕްރޮމޯޝަންގައި ހިލޭ ރޯދަ ވީއްލުން ލިބޭ ނަސީބުވެރިޔާ ހޮވާނީ ކޮންމެ ދުވަހަކުވެސް އެތަނަށް ރޯދަ ވީއްލަން ދާ މީހުންގެ ތެރެއިން ގުރުއަތުން ނަގައިގެންނެވެ.

ޓީ ޖެޓީ ރެސްޓޯރެންޓުން މި އަހަރުގެ ރޯދަ މަހަށްވެސް ހާއްސަ މެނޫތަކެއް ތައްޔާރުކޮށްފައިވެއެވެ.

ކޮންމެ ހުކުރު ދުވަހެއް ފިޔަވައި ކޮންމެ ދުވަހެއްގެ މެނޫގެ އަގަކީ 159 ރުފިޔާއެވެ. ހުކުރު ދުވަހަށް ހާއްސަ ރޯދަ މެނޫގެ އަގަކީ 169 ރުފިޔާއެވެ.

ޓީ ޖެޓީ ރެސްޓޯރެންޓްގެ ރޯދަ މެނޫ

ޓީ ޖެޓީ ރެސްޓޯރެންޓުން ބުނީ، ކޮންމެ އަހަރަކުވެސް، އެ ތަނުން ރޯދަ ވީީއްލާ ފަރާތްތަކުގެ ތެރެއިން، ކޮންމެވެސް އެކަކަށް ރޯދަ ވީއްލުމެއް ދިނުމަކީ، ރެސްޓޯރެންޓް ހުޅުވުމުގެ އެއް އަމާޒު ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައިވެސް އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށެވެ.

މިއީ ޓީ ޖެޓީ ރެސްޓޯރެންޓުން ރޯދަ ވީއްލާ ފަރާތަކަށް ހިލޭ އުމްރާ ދަތުރެއް ދޭ ހަތަރުވަނަ ފަހަރެވެ.