ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވުމާ ގުޅިގެން، އެ ޕާޓީއާ ވަކިވަނީ، ނަމެއްގައި ޕާޓީގައި ތިބި ބައެއް ކަމަށް ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އިލްހާމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމާފައިވާކަން އިއުލާނުކުރައްވާފައިވާތީ ޕާޓީގެ އިސް ބައެއް ބޭފުޅުން ޕާޓީ ދޫކުރަމުންދާ ކަމަށް، މީޑިއާއަކުން ކުރި ރިޕޯޓަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ކަން ވެސް ކުރެއްވި އިލްހާމް ވިދާޅުވީ ޕާޓީން އިސްތިއުފާ ދެެއްވި ފަރާތްތަކުން އުންމީދުކޮށްގެން ތިބީ ވަކި ކަމަކަށްކަމަށެވެ.

އަދި އެ މަގަށް ޕާޓީގެ ފިކުރު ގެންދެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.