ގއ. ކަނޑުހުޅުދޫގައި ގެއްލިގެން ހޯދަމުން ދިޔަ ޒުވާނަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

Ads by Asuru

ފުލުހުން ބުނީ ކަނޑުހުޅުދޫގައި 24 އަހަރުގެ ފިރިހެނަކު މިއަދު ފަތިހު 4:25 ހާއިރު ގެއިން ނިކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އާއިލާ މީހުންނާއެކު އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ސައިކަލާއެކު ރަށުގެ ފަޅުތެރޭ މޫދުން ކަމަށް ފުލުހުން ބުނެއެވެ.

އެ ޒުވާނާ އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރާއި ހަވާލާދީ ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.