ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަކީ ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި، ތަފާތު ބޭފުޅެއް ކަަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by Asuru

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، ޕީޕީއެމުން ވަކިވުމަށްފަހުގައި ރައީސް ސޯލިހުއާއެކު ސިޔާސީ މަސައްކަތް ކުރައްވަން ނިންމެވީ އެމަނިކުފާނަކީ ވަރުގަދަ ޝަހްސިއްޔަތަކަށް ވުމުން ކަަމަށެވެ.

”އެމަނިކުފާނަކީ ވަރަށް މަދުން ނޫނީ ބަސްފުޅެއް ވިދާޅުނުވާ، ވަރަށް މަޑުމައިިތިރި، ވަރަށް ހިކުމަތްތެރި، އަނެއްކާ ވަރަށް ސްޓްރެޓެޖިކަލީ ވިސްނުންފުޅު ގެންްގުޅުއްވާ ބޭފުޅެއް.“ ޝަރީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ސޯލިހު ސިޔާސީ ގޮތުން ހާސިލު ކުރައްވަން ބޭނުންފުޅުވި ހުރިހާ ލަނޑުދަނޑިއެއްވެސް ހާސިލު ކުރައްވާފައިވާ ކަމަށެވެ.

”ރައީސް ސޯލިހު އަކީ އިރުކޮޅުކޮޅާ އެއްޗެތި ވިދާޅުވެ، ކަމެއް ދިމާވާއިރަށް އެކަމަކާ ބެހޭގޮތުން އެއްޗެއް ވިދާޅުވެ، ނުވަތަ ރައްޔިތުންނަށް ކިޔޭ ނުކިޔޭ އެެއްޗެއް ނޭނގޭ ހިސާބަށް، އެއްވެސް އިރެއްގައި ހަލަބޮލިކަމެއްގެ ތެރެއަށް ވަންނަވާ ބޭފުޅެއް ނޫން.“ އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި ރައްޔިތުންނަށް ރައީސް ސޯލިހު ފެނުނީ މަދުން ނަމަވެސް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވި ކޮންމެ ފަހަރަކު، ހާލަތު ކަންކަން ރައްޔިތުންނަށް ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވި ކަމަށެވެ.