އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާކަން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ.މައުސޫމް ރޭ ހާމަކުރައްވައިފިއެވެ.

Ads by Asuru

އީސް ސޯލިހާއެކު ހުންނެވި ފޮޓޯއަކާއެކު ހިއްސާ ކުރެއްވި ލިޔުންކޮޅެއްގައި ޑރ.މައުސޫމް ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއަށާއި ރައްޔިތުންނަށާއި މުޅި ދިވެހި ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެ ގޮތުން ރައީސް އިބޫއަށް އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރަން ނިންމަވާފައިވާ ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

ެޖޭޕީގެ ލީޑަރު، ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވުމާއެކު، އެ ޕާޓީގެ ސްލޮޓްގައި ސިޔާސީ އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތައް ދަނީ އިސްތިއުފާ ދެއްވަމުންނެވެ.