ރާއްޖޭގައި ހަތަރު ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

Ads by Asuru

ޗައިނާ ސަރުކާރުގެ އެހީގައި މި ހޮސްޕިޓަލުތައް އިމާރާތްކުރަނީ ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ރ. އަލިފުށީގެ އިތުރުން ގއ. ވިލިނގިލީގައެވެ.

މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ޗައިނާ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (ސިޑްކާއާ) އާއެވެ.

މި އެއްބަސްވުންތަކުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސިޑްކާގެ ވައިސް ޗެއާމަން ދިން ބޯ ޖިންއެވެ.

ޗައިނާ އާއެކު މިއަދު ވަނީ އިތުރު އެއްބަސްވުންތަކެއްގައި ވެސް ސޮއިކޮށްފައެވެ.

އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ހަދާފައިވާ ދާރުލް އާސާރު މަރާމާތު ކުރުމާއި، ގައުމީ ކުތުބުހާނާ މަރާމާތު ކުރުމާއި 2026 އިން 2027 އަށް ޗައިނާ އާއި ރާއްޖޭގެ ތަރައްގީގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރާނެ ގޮތުގެ އެއްބަސްވުމެއް ވަނީ ވެފައެވެ.