މި ރޯދަމަހުގެ ފަހު ދިހައިގައި މާލޭ ސަރައްހަދުގެ 32 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މާލޭ ސަރަހައްދުގައި އިސްލާމީ މަރުކަޒު ހިމެނޭގޮތުން މާލޭގެ 18 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 11 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން ދަމުނަމާދުކޮށް އުޅެއެވެ.

އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު 2:00 އިން ފެށިގެންނެވެ.