ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދު ފެހި ކުރުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހިކަނދި ފަތާއި ރާނބާ ފަތް ގަސް އިންދުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގެ ކޯޓް ޔާޑުތައް ނުވަތަ ކުދި ކުދި ޕާކުތައް ތަރައްގީ ކުރުމަށް ޕްލޭނިން ޑިޕާޓްމެންޓުން ނިންމާފައިވާ ކަމަށެވެ.

އަދި ގަސްތައް އިންދާނެ ސަރަހައްދު ވެސް ފާހަގަކޮށް ގަސް އިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަން އިން ބުންޏެވެ.

އެ ސަރަހައްދުގައި އާއްމު ރައްޔިތުންނަށް ވެސް ތިބެވޭ ގޮތަށް ގޮނޑި ޖަހާފައި ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެތަނުގައި އިންދާ ގަސްތަކަކީ އާއްމުންނަށް ވެސް ބޭނުން ކުރެވޭނެ ގަސްތަކެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ހިކަނދި ފަތާއި ރާނބާ ފަތުގެ އިތުރުން ގަނދަކޯޅި އާއި ލެމަން ގްރާސް ފަދަ ގަސްތައް ވެސް އެ ސަރަހައްދުގައި އިންދުމަށް ވަނީ ނިންމައިފައެވެ.