ނ. މަނަދޫ ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by Asuru

މަރުވެފައި ވަނީ އުމުރުން ދުވަސްވީ އަންހެނެކެވެ.

ފުލުހުން ބުނީ މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުންދިޔަ އަންހެނެއްގެ ހަބަރެއް ނުވާކަމަށް މިއަދު 06:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ރިޕޯޓު ލިބުމުން ފުލުހުން އޭނާ ދިރިއުޅޭ ގެއަަށް ގޮސް އެގޭ ކޮޓަރި ދޮރު ވައްޓާލާ ކޮޓަރިއަށް ވަން އިރު އެއަންހެން މީހާ ކޮޓަރިތެރޭ ބިންމަތީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 52 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ފުލުހުން ދަނީ މިކަން އިތުރަށް ބަލަމުންނެވެ.