ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު، އުމުރުން 62 އަހަރުގެ ނައީމާ މޫސާގެ ޖަނާޒާގެ ކަންކަން މިއަދު ކުރިއަށް ގެންގޮސް އެރަށުގައި ވަޅުލާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

ނައީމާގެ މަރުގައި ސުވާލު އުފެދޭ ކަންކަން ހުރުމާއެކު ފުލުހުންގެ ފޮރެންސިކް ޓީމެއް ވަނީ އެ ރަށަށް ގޮސްފައެވެ. ކުރިން ބެލެވިފައި އޮތީ އިތުރު ތަހުލީލުތަކަށް ހަށިގަނޑު މާލެއަށް ފޮނުވާނެ ކަމަށެވެ.

ނަމަވެސް، ހެނދުނުން ފެށިގެން މަނަދޫ ހިނަވާގޭގައި އޮތް ހަށިގަނޑު މިހާރު އެ ރަށުގައި ވަޅުލާ ގޮތަށް ހަމަޖެހިފައިވާ ކަން ކައުންސިލްގެ ރައީސް އަބްދުލްރަހުމާން ސަބީހު ބައެއް މީޑިއާތަކަށް މިއަދު ޔަގީންކޮށްދެއްވިއެވެ.

ނައީމާގެ މަރާއި ގުޅިގެން ހިންގާ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ޓީމެއް މަނަދޫގައި ހަރަކާތްތެރިވަމުން އެބަ ދެއެވެ. އެ ޓީމު އެ ރަށަށް އައިސްފައިވަނީ ރޭ ދަންވަރު 2:00 ޖަހާކަށް ހާއިރުއެވެ.

ބައެއް މީޑިއާތަކުން ބުނީ، ނައީމާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށެވެ. ނަމަވެސް ފުލުހުން މިކަން ކަށަވަރެއް ނުކޮށްދެއެވެ.