ޓެކްސީއެއްގެ ތެރޭގައި މަރާލި ގާސިމް ހަސަންގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ އަދުހަމުގެ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފިއެވެ.

Ads by Asuru

މި މައްސަލައިގައި އަދުހަމަށް އަދަބު ކަނޑައެޅުމަށްޓަކައި، މާދަމާ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:30 ގައެވެ.

އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ.

އަދުހަމްގެ މައްޗަށް ކޮށްފައި ވަނީ ގާސިމް މަރައިލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އަދުހަމް ވަނީ މީގެ ކުރިން ދައުވާއަށް އިއުތިރާފްވެފައެވެ.

ނަމަވެސް ފަހުން އޭނާ ބުނެފައި ވަނީ އޭނާ އެކަންކުރީ ގަސްތުގައި ނޫން ކަމަށާއި، އެއީ އޭނާއަށް މަސްތުގެ ހާލަތުގައި ހުރެގެން ކުރެވުނު ކަމެއް ކަމަށެވެ.