މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އުރީދޫން ގިނަ ހަދިޔާތަކެއް ކަސްޓަމަރުންނަށް ދޭ ޕްރޮމޯޝަންގެ ތެރެއިން ކަސްޓަމަރަކަށް އައިފޯން 14 ޕްރޯއެއް ލިބިއްޖެއެވެ.

Ads by Asuru

އުރީދޫން ”ހަދިޔާ ފޮށީ“ގެ ނަމުގައި ހުރިހާ ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބޭ ޕްރޮމޯޝަންގެ ތެރެއިން އައިފޯން 14 ޕްރޯ ލިބިފައިވަނީ ސާލިމް ތައުފީގަށެވެ.

އުރީދޫން މިއަދު ވަނީ ސާލިމަށް އެ ފޯނު ހަވާލުކޮށްފައެވެ.

ހަދިޔާ ފޮށީގެ ހަދިޔާ ލިބޭނީ ކޮންމެ ދުވަހަކު ވެސް އުރީދޫގެ މޮބައިލް އެޕަށް ވަދެ، ހަދިޔާ އައިކަން އަށް ގޮސް ހަދިޔާ ފޮއްޓެއް ހުޅުވުމުންނެވެ.

ހަދިޔާ ފޮށިން ކަސްޓަމަރުންނަށް މޮބައިލް ޑޭޓާ އާއި އަގުހުރި އިނާމުތަކެއް ލިބޭނެއެވެ.

އުރީދޫން ބުނީ ކޮންމެ ކަސްޓަމަރަކަށް ދުވާލަކު ދެ ފަހަރު ހަދިޔާ ފޮށި ހުޅުވައިގެން ހަދިޔާ ހޯދޭނެ ކަމަށެވެ.