ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ މުޒާހަރާގައި ބައިވެރިވަނީ ”ދެތިން ކެނަ“ ކަމަށް ޕީޕީއެމްގައި ކުރިން އުޅުނު އަލީ ޝާހިދު (ސްޓެޕް އައްޔަ) ބުނެފިއެވެ.
އިންޑިއާ އައުޓް ކެމްޕެއިނުގައި ބައިވެރިނުވާން އެދި މީގެ ކުރިން ވީޑިއޯ މެސެޖެއް އާންމު ކުރި ސްޓެޕް އައްޔަ، އެންމެ ފަހުން އާންމު ކުރި ވީޑިއޯގައި ބުނަނީ ”އިންޑިއާ އައުޓް“ ކެމްޕެއިނަށް ބަޔަކު ފަންޑު ކުރާ ކަަމަށާއި، ފަންޑު ހުއްޓޭ އިރަށް، އެ ކެމްޕެއިންވެސް ހުއްޓާލާނެ ކަމަށެވެ.
މި ވީޑިއޯވެސް އާންމު ކުރީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގުޅުން އޮންނަ ކަަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ”މޯލްޑިވްސް ޔޫތު ފޯސް“ ހަރަކާތުގެ ޓްވިޓަރ އެކައުންޓުންނެވެ.
”މިހާރު އެއްވެގެން އުޅެނީވެސް މުހައްމަދު އިސްމާއީލާ ދެތިން ކެނައިން. އަދި ހާއްސަކޮށް ލޯޔަރެެއްގެ ގޮތުގައި އުޅޭ އާސިފް.“
މީގެއިތުރުން އޭނާ ބުނީ ޕީޕީއެމްގެ އެތެރޭގައި ފެކްޝަންތައް އުފެދިފައިވާ ކަމަށާއި، ޕާޓީގެ ލީޑަރޝިޕުން ބޭނުންވަނީ އެމަނިކުފާނު ޖަލުގައި އޮންނަން ކަމަށެވެ. އަދި ”އިންޑިއާ އައުޓް“ ނޫން އެހެން ކަމަކަށް ޕީޕީއެމް-ޕީއެންސީން މުޒާހަރާ ނުކުރާ ކަަަމަށްވެސް ބުންޏެވެ.
ސްޓްޕެ އައްޔަގެ މިފަހަރުގެ ވީޑިއޯއަށްވެސް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އޭނާ މިފަދަ ވީޑިއޯތައް އާންމު ކުރަނީ އޭނާއަށް ”ރީލޯޑް“ ކުރުމުން ކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.
އެހެނވެތހަ.އެހާފޯރިއެތް އަރާގެން ތިއުޅެނޭ 3 މީހުނއަތުނުލެވިގެން ބާރުތަކާބެހޭދެ މުއައްސަދާ ފޭލިވެގެނތިލެނީ ’ޗީޗީދެން