ސިނަމާލެ ބްރިޖަށް މާލެއިން އަރާ ދިމާލުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

Ads by Asuru

މިރޭ 23:33 ހާއިރު މިއެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް ލައިޓަށް މަޑުކޮށްގެން އިން ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި 31 އަހަރުގެ ފިރިހެނަކަށާއި، 43 އަހަރުގެ ފިރިހެނެކަށް އަދި 47 އަހަރުގެ ފިރިހެނެކަށް ވަނީ އަނިޔާވެފައެވެ.

43 އަހަރުގެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، އަނިޔާވި އަނެއް ދެ މީހުންނަށް ފަރުވާދެމުންދަނީ ސެނަހިޔާ ހޮސްޕިޓަލްގައެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.