އަރަބިއްޔާ ސްކޫލްގެ އާ އިމާރާާތް އަންނަ އަހަރު ބޭނުންކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Asuru

އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ މިކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައި ވަނީ އަރަބިއްޔާ ސްކޫލްގެ މަސައްކަތް މި ހިނގާ އަހަރު ތެރޭ ނިންމާނެ ކަމަށެވެ.

ނަމަވެސް އެއާ ހިލާފަށް މިއަދު އައިޝަތު އަލީ ވިދާޅުވީ، ”ޝެޑިއުލާ އެއްގޮތަށް މަސައްކަތް ދަންޏާ ލަފާ ކުރެވެނީ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް ހުޅުވޭނެ ކަމަށް“އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިތުރަށް މިނިސްޓަރު ވިދާޅުވީ، އާ އިމާރާތުގެ ކޮންސެޕްޓް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޑީޓެއިލް ޑްރޯވިންގް ގެ މަސައްކަތް ކަމަށެވެ. އަދިި ބާ ޖަމާލުއްދީންގެ މަސައްކަތް މިއަދުގެ ވަގުތެއްގައި ފަށާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކުލާސްތައް ވަނީ މިދިޔަ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ.