ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލައިފިއެވެ.

Ads by Asuru

ޖޫން 2020 ގައި ހިނގި މި ހާދިސާއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން ހުށަހަޅާފައިވެއެވެ.

ޕްރޮސކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލާގައި ދައުވާކުރީ ލ. ގަން، ތުނޑި، ނޫރަންގެ  ޝާންގެ މައްޗަށް އެކަންޏެވެ. އޭނާ އަކީ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު ޖީހާން މުހައްމަދުގެ ފިރިކަލުންނެވެ. އަނެއް ދެ މީހުންނަށް ދައުވާ ނުކުރީ ހެކި ނެތް ކަމަށް ބުނެއެވެ.

ޝާންގެ މައްޗަށް ވަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ޝާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހުޅުމާލޭ މެޖިސްޓްރޭޓުން ކޯޓުން ބޭރުކޮށްލީ މަދަަނީ މިންގަނޑުން ބަލާއިރު އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެއެވެ.