ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންފުޅުގައި ސައްޙަ ނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގަމުން އެބަދެއެވެ.

Ads by Asuru

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ، މިކަން މީޑިއާތަކުގެ ސަމާލުކަމަށް ގެންނަވައިފައެވެ.

މިގޮތުން އެ އޮފީހުން، މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަނީ ރައީސްގެ ނަމުގައި ސައްޙަ ނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގަމުންދާކަން އެ އޮފީހަށް އެނގިފައިވާ ކަމަށާއި، އެއީ ރައީސް ބޭނުންކުރައްވާ ނުވަތަ ”އެންޑޯޒް“ ކުރައްވާ އެކައުންޓެއް ނޫން ކަމަށެވެ.

އަދި އެމަނިކުފާނުގެ އިންސްޓަގްރާމް އެކައުންޓަކީ ’ibusolih‘ ކަމަށާއި ’_ibusolih‘ ގެ ނަމުގައި ހިންގަނީ ސައްހަނޫން އެކައުންޓެއް ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ އެކި ބޭފުޅުންގެ ”ފޭކު“ މީީސްމީޑިއާ އެކައުންޓުތައް ހަދައިގެން ހިންގުމަކީ ރާއްޖޭގައިވެސް އާއްމު ކަމެކެވެ.