ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކޮށްފައިވާ ކާށި، މިއަދުން ފެށިގެން މާލެ ސިޓީ ކައުންސިލުން ބަހަމުންދާނެއެވެ.

Ads by Asuru

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިއީ ހުރިހާ ދިވެހިންނަށް ހަދިޔާކޮށްފައިވާ ކާށި ކަމަށާއި،  އެންމެ ފުރަތަމަ ފަސް ދުވަހު ކާށި ބަހާނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ.

އެހެންވެ ކާށި ނަގަން އަންނައިރު، ފަގީރުންގެ ލިސްޓުގައި ހިމެނޭކަން އެނގޭނެ ފަދަ ލިޔުމެއް ގެންނަން ކައުންސިލުން ވަނީ އެދިފައެވެ.

އަންނަ ބުދަ ދުވަހުން ފެށިގެން، އައިޑީ ކާޑު ހިފައިގެން ދާ ކޮންމެ ދިވެއްސަކަށް ވެސް ކާށި ދޫކުރާނެއެވެ.

ކާށި ބަހާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބައިންނެވެ. އަދި ކާށި ބެހުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ކުރިޔަށް ދާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.