ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވާފައިކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވީ ގދ.ތިނަދޫގައި ތަރައްގީ ކުރި އައުޓްޑޯ ހޭންޑްބޯލް ކޯޓު ހުޅުވުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ތަރައްގީ ކުރި މިފަދަ ކޯޓެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ އަައުޓްޑޯ ހޭންޑްބޯލް ކޯޓު ޤާއިމްކުރުމުގެ މަސައްކަތް ނިންމައި، ތިނަދޫ ކައުންސިލާއި ހަވާލުކޮށްފައިވާކަމަށެވެ.

އަދި ވިދާޅުވީ ރާއްޖޭގެ ކުޅިވަރަށް ރައީސް ޞާލިޙު އިންގިލާބީ ބަދަލެއް ގެނެސްދެއްވާފައިވާކަަމަށެވެ.