ތާބިތު ހައްޖު އެންޑް އުމްރާ ގުރޫޕާއެކު އުމްރާއަށް ގޮސް އުޅުނު ހއ. ހޯރަފުށީ، ނޫވިލާގެ، ފާތިމަތު ވަހީދާ މީގެ ކުޑައިރުކޮޅެއް ކުރިން ފެނިއްޖެއެވެ.

Ads by Asuru

އެ ގުރޫޕުގެ ފޭސްބުކް ޕޭޖްގައި މީގެ ކުޑައިރުކޮޅެއް ކުރިން ބުނީ ފާތިމަތު ވަހީދާ މިހާރު ފެނިފައިވާ ކަމަށެވެ.

ވަހީދާ ގެއްލިގެން ހޯދަން ފެށީ މޯބައިލް ފޯނާއި، ކާރޑް އަދި ދަބަސް ކޮޓަރީގައި ބޭއްވުމަށްފަހު އާއިލާގެ އެހެން މީހުނާއެކު ދަމު ނަމާދަށް ގޮސް އުޅުމުގެ ތެރޭގައި އާއިލާގެ މެންބަރުންނާ ދުރަށް ދިއުމަށް ފަހު، އެނބުރި ހޮޓަލަަށް ގޮސްފައިނުވާތީއެވެ.