ހިޔާ ފްލެޓެއްގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިރޭ އަލިފާން ރޯވީ އެޗް7 ގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގައެވެ. ހާދިސާ ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވީ 8:30 ހާއިރުއެވެ.
މި ހާދިސާ އާއި ގުޅިގެން ހުޅުމާލެ ހިންގާ އާބަންކޯއިން ބުނީ ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށާއި މި ހާދިސާ ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިރޭ ވެސް ރޯވެފައި ވަނީ އެހެން އެޕާޓްމަންޓަކުން ވައްޓާލި ސިނގިރެޓް ފިލްޓަރެއްގެ ސަބަބުންނެވެ.
މި ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ. މި ހާދިސާގައި އެޕާޓްމެންޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ނޭނގެއެވެ.
ހިޔާ ފްލެޓްތަކުގެ ބެލެނިވެރި ފަރާާތްކަމުގައިވާ އާބަންކޯއިން ވަނީ މި ހާދިސާ ކުށްވެރިކޮށް، މިފަދަ އިހުމާލުވާނަމަ، ފްލެޓް އަތުލަންވެސް ޖެހިދާނެ ކަމަށް ބުނެފައެވެ.