މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން 4 އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.

Ads by Asuru

މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މެންދުރު 1:00 އިން އިރުއޮއްސި 6:00 އަށް އެލާޓް ނެރުނީ ކ، އއ، އދ އަދި ވ އަތޮޅުގެ ރަށްތަކަށެވެ.

ސަމާލުގައި މެޓް އިން ބުނެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުރުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކޮށް މެޓް އިން ބުނީ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ހަމައެއާ އެކު، ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4-1 ފޫޓް ހުންނާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.