މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މިމަހުގެ 21 ވާ ހުކުރު ދުވަސް ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ފަލަކީ އިލްމުގައި ފާހަގަކޮށްލެވޭ ރައީސް މައުމޫން ވިދާޅުވީ  މި އަހަރުގެ ފިތުރު އީދު ދުވަސް، ފަލަކީ ހިސާބުން ދައްކާގޮތުން ވާނީ ހުކުރު ދުވަހަށް ކަމަށެވެ.

މި އަހަރުގެ ރޯދަ މަސް ފެށޭނެ ދުވަސް ވެސް ރައީީސް މައުމޫން ވަނީ ކުރިން ވިދާޅުވެދެއްވައިފައެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވަނީ ހަމަޖައްސާފައެވެ. މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މާފަންނު ސްޓޭޑިއަމްގައެވެ. އަދި އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދުގަޔާއި، ސަލްމާން މިސްކިތުގައި އީދު ނަމާދު ކުރާނެއެވެ.