ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަަމަށް ބުނެ، ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ”އިންޑިއާ އައުޓް“ ބެނާ ނެގުމަށް ނެރުނު އަމުރު ބާތިލު ކުރުމުން، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން، ފުލުހުން ގެންދިޔަ ބެނާތައް ނެގުމަށް ފުލުހުންގެ މައި މަރުކަޒަށް ވަޑައިގެންފިއެވެ.

Ads by Asuru

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ, އާންމު މަސްލަހަތައް ގެއްލުންވާ ފަދަ އަމަލެއްގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އަމުރު ނެރުނު ނަމަވެސް އެ އަމަލެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ, ބޭނާ ހަރުކުރުމަކީ ކުށެއް ކަމަށް ބުނި ނަމަވެސް އެ ބެނާ ނެގުމަށް ޔާމީނާށް ފުލުހުން ކުރިން އެންގި ސަބަބު އެނގެން ނެތް ކަމަށެވެ.

އަދި ކޯޓު އަމުރުގައި, ހެކިތަކެއް ހޯދުމަށް ފުލުހުން އެދިފައި ހުރި ނަމަވެސް ދޫވެހިގެއިން ހަމައެކަނި ގެންގޮސްފައިވަނީ ބެނާކަން އެނގެން އޮންނަ ކަމަށްވެސް އެ އަމުރުގައިވެއެވެ.

ހ. ދޫވެއްސައް ވަނުމަށް ފުލުހުންގެ އެދުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު, ބާތިލްކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅުއްވީ ރައީސް ޔާމީނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރާއެކު، މި ހަރަކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.