ހުޅުމާލެ ކައިރީގައި މާދަމާ އަސްކަރީ ތަމްރީނުތަކެއް ފަށާނެކަމަށް މިނިސްޓްރީ އޮފް ޑިފެންސުން މިއަދު ބުނެފިއެވެ.

Ads by Asuru

ޑިފެންސް މިނިސްޓްރީން ބުނީ އެމްއެންޑީއެފުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މާދަމާ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.

މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށް ކަމަށާއި ވަޒަން ދަތުރުކުރާނެ އެންމެ އުސްމިނަކީ 300 މީޓަރުކަމަށް މިނިސްޓްރީން ބުންޏެވެ.