ވ. ކެޔޮދޫ މިސްކިތަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ ރަށު މިސްކިތައް ގެއްލުން ދިން މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ ކެޔޮދޫ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލިކަމުގެ ރިޕޯޓް ރޭ 12:00 ހާއިރު ލިބިފައިވާ ކަމަށާއި، ހައްޔަރު ކުރި މީހާގެ ބަންދަށް އަދި މުއްދަތު ނުޖަހާ ކަމަށެވެ.
އެ މީހާ ވަނީ މިސްކިތުގެ މައި ދޮރުގެ ބިއްލޫރިގަނޑު އެއްޗަކުން ޖަހާ ތަޅާލާފައެވެ.
ކެޔޮދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އެމީހާ މިސްކިތަށް ތަކުރާރުކޮށް ގެއްލުންދެމުން އަންނަ ކަމަށެވެ.