ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ނިންމާ މާދަމާ ޗުއްޓީއަށް ދާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ މާދަމާ ބާއްވާނެ ކަމަށެވެ.

އެގޮތުން މާދަމާ މެންދުރު 12:00 ހާއިރު މަޖިލިސް ޖަލްސާ ނިންމަވާނެ ކަމަށެވެ. އަދި ޖަލްސާ ނިންމުމަށްފަހު މާދަމާއިން ފެށިގެން ދެ ހަފްތާގެ ޗުއްޓީއަށް ދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރަކަށެވެ. އެގޮތުން ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ.

ދެވަނަ ދައުރު މޭ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނއިރު ތިންވަނަ ދައުރު އޮގަސްޓް މަހު 16 އިން ނޮވެމްނަރު މަހުގެ ނިޔަލަށް ހިނގާނެކަމަށް މަޖިލިސް ގަވައިދުގައި ބުނެފައިވެއެވެ.