ބްރޮޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް ޝަފާ ޝަފީގް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Asuru

ޝަފާ މަގާމަށް އައްޔަނު ކުރަން ފާސްކޮށްފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވި 40 މެމްބަރުންގެ ވޯޓުންނެވެ.

ބްރޮޑްކޮމްއަށް އައްޔަނު ކުރުމަށް ރައީސް ރައީސް މަޖިލީހަށް ފޮނުވި ނަންތަކަކީ:
1) ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަމްބަރު ރސ 5143
2) ޝާން ސޯލިހު މުހައްމަދު، ފިނިވާދީގެ ދ. ކުޑަހުވަދޫ
3) ހުސެއިން އަމްރު، ވ. ރޯޝަން
4) ޝަފާ ޝަފީގް، ބިއްލޫރިވިލާ ދ. މީދޫ އެވެ.

ބްރޮޑްކޮމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނު ކުރަން ފާސްކޮށްފައިވަނީ ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.