ޗަމްޕާ ބްރަދާސް ކުންފުނިން ދިވެހިންނަށް ހަދިޔާކުރި ކަރާ، މާދަމާ ބަހަން ފަށަން ނިންމައިފިއެވެ.

Ads by Asuru

ކަރާ ބަހަން ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށްވާއިރު އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އައުމުން މާދަމާ އިން ފެށިގެން ފަޤީރުންނަށާއި ޢާންމު ރައްޔިތުންނަށް ކަރާ ލިބޭނެ ކަމަށެވެ.

ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) މާދަމާ ހެނދުނު 09:30 ން 15:00 އަށް، ރޭގަނޑު 21:30 ން 00:00 އަށް އަދި 29 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށް، މެންދުރުފަހު 13:00 ން 17:00 އަށް، ރޭގަނޑު 20:30 ން 23:30 އަށެވެ.

ރޯދަމަހާ ދިމާކޮށް ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން ޗަމްޕާ ބްރަދާސްގެ ފަރާތުން ވަނީ އާންމުންނަށް ބެހުމަށް ކާށި ޝިޕްމެންޓެއް ވެސް މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ.