ހއ. ހޯރަފުށީ ޞިއްޙީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯއްދަވަން ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

Ads by Asuru

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 4.30 މިލިއަން ރުފިޔާ ދައްކަން ޖެހޭނެކަމަށެވެ.

މަސައްކަތަށް ޝަރުތު ހަމަވާ މީހުން ހޯއްދެވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުޞޫލުގެ މަތިންނެވެ. ހޯރަފުށީގައި އިމާރާތްކުރާ ހޮސްޕިޓަލްގެ ބިޑްތައް ހުޅުއްވުން އޮންނާނީ އަންނަ މަހުގެ 4 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11 ޖަހާއިރެވެ.

ދައުރު ނިމުމުގެ ކުރިން ހޯރަފުށި ސިއްޙީ މަރުކަޒު އިތުރަށް ބޮޑުކޮށް ހޮސްޕިޓަލެއް ތަރައްގީ ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.