އަސްކަރީ ޚިދުމަތުގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ.

Ads by Asuru

ސަލީމުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވާފައިވަނީ ރޭގެ އިޝާ ނަމާދަށް ފަހު މަސްޖިދުއްތަޢާވުން ’އާސަހަރާ މިސްކިތު‘ ގައެވެ.

ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ، ޢަސްކަރީ އާދަކާދައާއި އުޞޫލުތަކާ އެއްގޮތަށެވެ.  ބޭއމި ޖަނާޒާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިންނާއި އާންމުން ބައިވެރިވިއެވެ.

އަސްކަރީ ޚިދުމަތުގައި މަރުޙޫމް މޭޖަރ ޢަލީ ސަލީމް އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެެސްކިޔު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރގެ މަޤާމު ހިމެނެ އެވެ.

މީގެ އިތުރުން އެމްއެންޑީއެފްގައި ހެދިފައިވާ އެކިއެކި ބޯޑުތަކާއި ކޮމިޓީތަކުގައިވެސް މަރުޙޫމް މޭޖަރ ޢަލީ ސަލީމްވަނީ ގިނަ ޚިދުމަތްތަކެއްކުރައްވާފަ އެވެ.