ލ.ގަމު މުކުރިމަގު އަވަށުގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by Asuru

ނިޔާވެފައި އޮއްވާ ފެނުނީ މުކުރިމަގު/ސައީދާމަންޒިލް އުމުރުން 68 އަހަރުގެ އަޙްމަދު މުޙައްމަދެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ މިއަދު ހެނދުނު މޫދަށް ދިޔަ ގޮތަށް ޚަބަރެއް ނުވުމުން ހޯދަން ދިޔައިރު ގޮނޑުދޮށުގައި ލައްވެފައި އޮއްވައި ފެނުނެވެ. މިއަދު 13:00 ހާއިރު އޭނާ ފެނުނުއިރު ވެސް އޮތީ ނިޔާވެފައެވެ.

އަޙްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ޢިޝާ ނަމާދަށްފަހު މުކުރިމަގު މަސްޖިދުއްޒިކުރާގައެވެ.