އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގ އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގގެ މި ދަތުރުފުޅަކީ އަންނަ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ ދެގައުމުގެ ދިފާއީ ގުޅުން އިތުރަށް ފުޅާކުރުމެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެއާ އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހި ކޮށްފައެވެ.