މިއަދު ހެނދުނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރައްވަން ނިންމަވައިފިއެވެ.

Ads by Asuru

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައީސް ސޯލިހު އެމަނިކުފާނު ހާއްސަ މެސެޖެއް މިއަދު ގައުމާ މުހާތަބުކުރައްވައި ދެއްވަން ހަމަޖެހިފައިވާކަމަށެވެ.

މި މެސެޖު ރާއްޖޭގެ ގައުމީ ޓީވީ (ޓީވީ މޯލްޑިވްސް)އިން ވަގުތުން ދުރަށްދައްކާނެކަމަށް މައުވާން ވިދާޅުވެފައިވެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންވެސް މި މެސެޖު ސްޓްރީމްކުރާނެކަމަށް މިއުވާން ވިދާޅުވިއެވެ.