އުމްރާއަށް ގޮސްއުޅުނު އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

Ads by Asuru

ނިޔާވެފައިވަނީ ރ. އަލިފުށީ، މުރިނގު، ޖަމީލާ މަހްމޫދެވެ. ޖަމީލާ ނިޔާވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. ނިޔާވި ސަބަބެއް އެނގިފައެއް ނުވެއެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ޖަމީލާ މައްކާއަށް ފުރީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ވެސް ރާއްޖޭން އުމްރާގެ އަޅުކަމަށް ދިޔަ މީހަކު ވަނީ ނިޔާވެފައެވެ.