ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި އިން ވަކިކުރާނީ އިކުއިޑިސްޓަންސްއަށް ބަލައިގެންކަމަށް ބައިނަލްއަގުވާމީ ހަމަތަކުގައި ބުނާއިރު, މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ޚިލާފު އުފެދުނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭ ގޮތުންނެވެ.
އިޓްލޮސްއިން މިދިޔަ ހުކުރު ދުވަހު ނިންމި ނިންމުގައި ބުނީ ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ ހަމައެއް ނެތް ކަމަށެވެ.
އެގޮތުން އިޓްލޮސްއިން ނިންމީ ދެ ގައުމުގެ ދެމެދު ބަހަންޖެހޭ 92563 އަކަކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަކިލޯމީޓަރު ކަމުގައެވެ.
މި ނިންމުމާ ގުޅިގެން، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިގުތިސާދީ ނަފާ ހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދު ހޯދުމަށް އޮތް ރަނުގެ ފުރުސަތު އިޓްލޮސްގެ ހުކުމާއެކު ގެއްލިގެން ހިނގައްޖެ ކަމަށެވެ.
ދިވެހީންނަށް މިފުރުސަތު ގެއްލިގެން ދިއުމުގައި ދިވެހި ސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ބޮޑު ދައުރެއް އަދާކުރިކަން ފަނޑިޔާރު އިއްވެވި ހުކުމުގެ ގަޒިއްޔާގެ 20 ވަނަ ސޮފުހާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮންނަ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އެ ޓްވީޓާ ގުޅިގެން މުއިއްޒު ވިދާޅުވީ 51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް ކަމަށެވެ.
އަދި ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހިވި ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ރާއްޖެއައް ބައެއްއިތުރު ކުރަންލިބުނު ދަޑިވަޅުގާ އެމާސައްކަތް ނުކޮއް ރިސްވަތުނަފައިގެން ދޫކޮއްކުމަކީ ގައްދާރުވުވުން