މި އަހަރު ހިފާ ފުރަތަމަ ހަނދުކޭތަ، މިރޭ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.

Ads by Asuru

ހަނދުކޭތަ ހިފަން ފަށާނީ މިރޭ ރޭގަނޑު 8:15އެވެ. އަދި ވީއްލާނީ 12:30ގައެވެ. ހަނދުކޭތަ ހިފާ ވަގުތު އެންމެ ބޮޑަށް ހިފާނީ ރޭގަނޑު 10:22 ގައެވެ.

ހަނދުކޭތަ ނަމާދާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ ހުކުރު ދުވަހުގެރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަނދުކޭތަ ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދެއްކި ނަމަވެސް ހަނދުގެ އެއްވެސް ބަޔަކުން އަލިކަން މުޅިން ފިލައިގެން ގޮސް އަނދިރިކަން ނުހުންނާނެ ކަމަށާއި، ފަނޑު ހިޔަންޏެއްގެ ގޮތުގައި ހަނދަށް އެޅިފައި ހުންނާނީ ވަރަށް ފަނޑު އަނދިރިކަމެއް ކަމަށެވެ.

މި ސަބަބުތައް ހުރުމުން ފަލަކީ ކޮމެޓީގެ ލަފައާއެކު މިނިސްޓްރީން ނިންމާފައިވަނީ ހުކުރު ދުވަހުގެ ރޭ ކޭތަނަމާދު ރާއްޖޭގެ އެއްވެސް ރަށެއްގައި ނުކުރާ ގޮތަށެވެ.