އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލައިފައިވާތީ، އެމީހާ ހޯދަން ފަށައިފިއެވެ.

Ads by Asuru

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރަސްދޫގެ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި 25 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ފިލާފައިވާ ކަމަށެވެ.

އޭނާ ފިލާފައި ވަނީ ގޮޅިން އިއްޔެ ނެރެފައި ހުއްޓައި، ފާރު މަތިން ފުންމާލައިގެންނެވެ.

އިއްޔެ ފިލި މީހާ އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހެކެވެ.

ނަމަވެސް އޭނާ ބަންދު ކުރީ ކޮން މައްސަލައެއްގައި ކަން ފުލުހުން ހާމައެއް ނުކުރެއެވެ.