މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އޭނާ އެކަނިވިޔަސް ނިކުންނަވާނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru
ގާސިމް މިފަދައިން ވިދާޅުވެފައިވަނީ، އިއްޔެ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް އޭނާ ނިކުންނަވާނެތޯ ނުވަތަ ނޫންތޯ ބައެއް ބޭފުޅުން ސުވާލު އުފައްދަވަމުން އަންނަ ކަމަށެވެ. އަދި އެއީ ސުވާލެއް އޮތް ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ވަކި މީހަކަށް މަޑު ނުކުރައްވާނެ ކަމަށާއި އެކަނިވިޔަސް ރިޔާސީ އިންތިހާބަށް ނިކުންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.