ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޝާހިދު ސާބިއާއަށް ވަޑައިގެންފިއެވެ.

Ads by Asuru
ފޮރިން މިނިސްޓްރީން ބުނީ ޝާހިދު ސާބިއާ އަށް ކުރައްވާ ދަތުރުފުޅަކީ މި މަހުގެ 8 އިން 10 އަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި ސާބިއާއި ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައި މުހިންމު ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ވިސާ އެއްބަސްވުމަކާއި، ދެ ގައުމުގެ ދެމެދު ވިޔަފާރިއާއި އިގްތިސާދު އަދި އިންވެސްޓްމަންޓްގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.

އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާއާއި، ޑިޕްލޮމެޓިކް ދާއިރާއިން ތައުލީމުގެ ފުރުސަތުތައް ރާއްޖެއަށް ފަހިކޮށްދިނުމުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭ އެއްބަސްވުން ވެސް ހިމެނެއެވެ.