ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

Ads by Asuru

ލަންކާގެ ހައި ކޯޓުން، މި ހުކުމް ކޮށްފައި ވަނީ އެ ގައުމަށް އެތެރެ ކުރުން މަނާ، މަސްތުވުމަށް ބޭނުންކުރާ ބޭސްތަކެއް އެތެރެކޮށް އެ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކަށެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ޒިދާން އިބްރާހިމް ކިޔާ ދިވެހި ފިރިހެނަކަށެވެ.

2018 ވަނަ އަހަރު ލަންކާގެ ސްޕެޝަލް ޓާސްކްފޯސް އޯގަނައިޒްޑް ކްރައިމް ޑިވިޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ ދެހިވާލާގެ ނެދިމާލާ ސިޓީ އިންނެވެ.